އެންގުންތައް :
Facebook Twitter You Tube English
ފްރަންޓްލައިން ފުލުހުންނަށް އަމާޒުކޮށްގެން ބޭއްވޭ ޚާއްޞަ ޓްރެއިނިންގ
26 Aug 2015

     ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުން ބާރުލިބިގެން ފުލުހުން އެކުލަވާލައިފައިވާ ޤަވާޢިދުއާގުޅޭ ޚާއްސަ ސިލްސިލާ ތަމްރީން ޕްރޮގްރާމެއް މާލޭގައި މަސައްކަތްކުރާ ފްރަންޓްލައިން ފުލުހުންނަށް އަމާޒުކޮށްގެން 23 އޯގަސްޓް އިން 1 ސެޕްޓެމްބަރ 2015 އާހަމައަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ މޯލްޑިވްސް ޕޮލިސް ސަރިވސްއާ ގުޅިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

     މި ތަމްރީނު ޕްރޮގްރާމުގެ މަޤްޞަދަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށާއި އެފަދަ އަމަލެއް ހިނގައިފިނަމަ ފުލުހުން އަމަލުކުރަންޖެހޭގޮތުގެ ގަވައިދަށް ފުލުހުން އަހުލުވެރިކުރުވުމެވެ. 08 ދުވަހުގެ މުއްދަތައް ކުރިއަށްގެނެދިޔަ މި ސިލްސިލާ ތަމްރީނު ޕްރޮގްރާމްގައި މާލޭގައި މަސައްކަތްކުރައްވާ 238 ފްރަންޓްލައިން ފުލުހުން ވަނީ ތަމްރީނުކުރެވިފައެވެ.

ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓްކުރައްވާ