އެންގުންތައް :
Facebook Twitter You Tube English
ގެވެށި އަނިޔާ އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ގުޅޭ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ގދ. އަތޮޅުގައި ކުރިއަށް ގެންދިއުން
05 Oct 2015

     ރާއްޖޭގެ ހުރިހާ އަތޮޅަކަށް އަމާޒުކޮށްގެން ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ގުޅޭގޮތުން ގުޅުން ހުރި  މުއައްސަސާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން ތަމްރީނުކުރުމުގެ މަޤްސަދުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ އިސްނެގުމުގެ މަތިން ބާއްވާ ދެވަނަ ތަމްރީން ޕްރޮގްރާމް ގދ. އަތޮޅުގައި 04 އޮކްޓޯބަރ 2015 ގައި ވަނީ ފަށާފައެވެ.

މި ތަމްރީން ޕްރޮގްރާމަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށާއި ގެވެށި އަނިޔާގެ މައްސަލަތައް ދެނެގަންނާނެގޮތާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާނެގޮތާއި ގުޅޭގޮތުން އެކުގައި މަސައްކަތްކުރާ މުއައްސަސާތައް ތަމްރީންކުރުމަށް ބާއްވާ ޚާއްސަ ތަމްރީން ޕްރޮގްރާމެކެވެ. 05 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ތަމްރީނުގައި ގދ. އަތޮޅުގައި މަސައްކަތްކުރައްވާ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން، ފުލުހުން، ކައުންސިލްގައި މަސައްކަތްކުރައްވާ ފަރާތްތައް އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ތަމްރީނުކުރެވޭނެއެވެ. މި ތަމްރީނުގައި ގެވެށި އަނިޔާ ހިންގަން ދިމާވާ ސަބަބުތަކާއި، ގެވެށި އަނިޔާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު އަދި އިސްލާމީ ނަޒަރަކުން ގެވެށި އަނިޔާއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. 

ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓްކުރައްވާ