އެންގުންތައް :
Facebook Twitter You Tube English
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ގުޅޭ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ށ. އަތޮޅުގައި ފަށައިފި.
07 Aug 2016

ގެވެށި އަނިޔާ ހުއްޓުވުމާއި ގުޅޭގޮތުން، ގުޅުން ހުރި  މުޢައްސަސާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން ތަމްރީނުކުރުމުގެ މަޤްޞަދުގައި ގެވެށި އަނިޔާ އަދި ގެވެށި އަނިޔާ  ހުއްޓުވުމުގެ ޤާނޫނާއި ގުޅޭ ގޮތުން ޚާއްޞަ ތަމްރީން ޕްރޮގްރާމެއް 07 އޮގަސްޓް 2016 ވަނަ ދުވަހު ވަނީ ށ.ފުނަދޫގައި  ފަށާފައެވެ. މިއީ، އަތޮޅުތެރެއަށް އަމާޒުކޮށްގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ހިންގާ މިފަދަ  5 ވަނަ ތަމްރީން ޕްރޮގްރާމެވެ.

 މި ތަމްރީން ޕްރޮގްރާމަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށާއި ގެވެށި އަނިޔާގެ މައްސަލަތައް ދެނެގަންނާނެގޮތާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާނެގޮތާއި ގުޅޭގޮތުން ގުޅުންހުރި މުޢައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ތަމްރީންކުރުމަށް ބާއްވާ ޚާއްޞަ ތަމްރީން ޕްރޮގްރާމެކެވެ. 05 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ތަމްރީނުގައި ށ.އަތޮޅުގައި މަސައްކަތްކުރައްވާ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން، ފުލުހުން، ޕްރޮސެކިއުޓަރުން، ކައުންސިލްގައި މަސައްކަތްކުރައްވާ ބޭފުޅުން އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ތަމްރީނުކުރެވޭނެއެވެ. މި ތަމްރީނުގައި ގެވެށި އަނިޔާ ހިނގަން ދިމާވާ ސަބަބުތަކާއި، ގެވެށި އަނިޔާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު އަދި އިސްލާމީ ނަޒަރަކުން ގެވެށި އަނިޔާއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. މި ތަމްރީން ޕްރޮގްރާމް ށ.ފުނަދޫގައި  ކުރިއަށްގެންދަނީ މި އޮތޯރިޓީއާ ޔޫ.އެން.ޑީ.ޕީއާ ގުޅިގެންނެވެ.

ނޯޓް: މި ޚަބަރާގުޅޭ ފޮޓޯ ތިރީގައިއެވާ މި އޮތޯރިޓީގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ.

https://www.facebook.com/fpa.maldives

ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓްކުރައްވާ