އެންގުންތައް :
Facebook Twitter You Tube English
ހިދުމަތްތައް
އަނިޔާ ލިބޭ ފަރާތްތައް

o       ޖިސްމާނީ އަނިޔާކުރުން.

o       ޖިންސީ  އަނިޔާކުރުން.

o       ބަހުގެ ހަމަލާދިނުމާއި، ނަފްސާނީ ގޮތުން އަނިޔާކުރުން.

o       މާލީގޮތުން ނުވަތަ އިޤްތިޞާދީގޮތުން ދަތިކުރުން.

o       މެޑިކަލް ޑޮކްޓަރެއްގެ ލަފާ ލިބިފައިވަނީ، އަނިބިމީހާ ވަކި މުއްދަތެއްގެ ކުރިން މާބަނޑުނުކުރުމަށްކަމުގައިވީނަމަވެސް، އަނބިމީހާގެ ޞިއްޙަތަށް ބެލުމެއްނެތި މާބަނޑުކުރުން.

o       އަނިޔާވެރި ކައިވެންޏަކުން ދުރުވާން މަސައްކަތްކުރާ އަންހެނާގެ ނުރުހުމުގައި އޭނާ މާބަނޑުކުރުން.

o       މީހެއްގެ މުދާ އެ މުދަލުގެ ވެރިފަރާތަށް ބޭނުންނުކުރެވޭނޭފަދަ ގޮތަކަށް ގަސްދުގައި ހިފެހެއްޓުން.

o       ބިރުދެއްކުން.

o       ގޯނާކުރުން  .

o       ފާރަލުން  .

o       މުދަލަށް ގެއްލުންދިނުން.

o       އެއްގެއެއްގައި ދިރިއުޅޭ ދެމީހުންކަމުގައި ނުވާ ޙާލަތްތަކުގައި، ގެވެށި އަނިޔާގެ ޝިކާރައަކަށްވީމީހާ ދިރިއުޅޭ ގެއަކަށް، ކަނޑައެޅިގެން ސާފުބަހުން އޭނާގެ ހުއްދަ ލިބިގެން މެނުވީ، ވަނުން ނުވަތަ ވަދެހުރުން.

o       ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ މައްޗައް ބާރުފޯރުވުމަށް ނުވަތަ އެނޫންވެސް އަނިޔާވެރި   ޢަމަލެއްކަމަށް ބެލެވިދާނެ އެއްވެސްކަމެއް ކުރުން.

o       މީހަކު ކުރަން ބޭނުންނުވާކަމެއް، އޭނާ ލައްވާ ގަދަކަމުން ކުރުވުން، ނުވަތަ ބިރު  ދައްކައިގެން ނުވަތަ ބާރުގެ ބޭނުން ކޮށްގެން ކުރުވުން.

o       މިހެއްގެ ނުރުހުމުގައި އޭނާ ތަނެއްގައި ބަންދުކުރުން، ނުވަތަ އޭނާ އަމިއްލަ އިޚްތިޔާރުގައި އެއްތަނުން އަނެއްތަނަށް އައިސްގޮސް، ދަތުރުފަތުރުކޮށް، ހިނގާބިނގާވެނޫޅެވޭގޮތް ހެދުން.

o       ބުނެވުނުފަދަ އަނިޔާގެ އަމަލެއް ހިންގައިފާނެކަމުގެ ބިރު މީހެއްގެ ހިތުގައި އުފެއްދުން.

o       ގެވެށި އަނިޔާގެ ޢަމަލެއް ހިނގަމުންދާ މަންޒަރު ކަނޑައެޅިގެން ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ ޢަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ޙާލަތަކަށް ކުޑަކުއްޖަކު ގެންދިއުން ނުވަތަ ހުށަހެޅުން.

 

މިފަދަ ޢަމަލަކަށް ހުށަހެޅޭ ކޮންމެފަރާތަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އަނިޔާ ލިބޭފަރާތެއްގެ ގޮތުގައި ބެލެވޭނެ ފަރާތެކެއެވެ

ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓްކުރައްވާ