ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނު މާނަކުރުމުގެ ކޮމެންޓްރީ އެކުލަވާލުން

27 އެޕްރީލް 2014 (08:18:09)

 2018-02-28_08_15_33_251_1.jpg

ގެވެށި އަނިޔާ ހުއްޓުވުގެ ޤާނޫނު ހުރިހާ މުއައްސަސާ ތަކެއްވެސް އެއްހަމައެއްގެ ދަށުން މާނަ ކުރުމަށް ކޮމެންޓްރީއެއް ތައްޔާރުކުރުމަށް 4 ހަފްތާގެ އެގްރީމަންޓެއްގެ ދަށުނެ އެކީޓާސް ލީގަލް ކޮންސަލްޓަންޓަށް 2013 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހުވަނީ މަސައްކަތް ހަވާލުކުރެވިފައެވެ.

މިކޮމެންޓްރީ ތައްޔާރުކުރުމުގެ މަޤްޞަދަކީ ގެވެށި އަނިޔާ ހުއްޓުވުގެ ޤާނޫނު ތަންފީޛުކުރުމަށް ކަމާބެހޭ ދާއިރާތަކުން ބޭނުންކުރެވެމުންދާ އެކިއެކި މިންގަނޑުތަކަށް ބަލައި، ސިއްޚީ ދާއިރާ، ފުލުހުންގެ ދާއިރާ، އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާ، ކައުންސިލްތައް، އަދި މިއޮތޯރިޓީއާއި މިނޫންވެސް ކަމާގުޅުންހުރި މުއައްސަސާތަކުން ގެވެށި އަނިޔާގެ ޤާނޫނު މާނަކުރުމުގައި ދިމާވާ ދަތިތަށް ދެނެގަނެ ހުރިހާ މުއައްސަސާތަކަކުން، އެއްހަމައެއްގައި ޤާނޫނު މާނަ ކުރާނެ މިންގަޑުތަކެއް ކަނޑައެޅުމެވެ.

މިގޮތުން މާލެއާއި އަތޮޅުތަކުގައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ދާއިރާތަކާއި ބައްދަލުކޮށް މިޤާނޫނު މާނަކުރުމުގައި ހުރި ދަތިތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ. މި ބައްދަލުވުންތަކުގައި އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ކޮމެންޓްރީގެ ފުރަތަމަ ދެލިކޮޕީ ވަނީ އެކުލަވާލެވިފައެވެ. މި ދެލިކޮޕީއާ މެދު މަޝްވަރާކޮށް، އިސްލާޙްގެނައުމަށާއި އަދި ވެލިޑޭޓް ކުރުމަށާއި ހުރިހާ ދާއިރާއަކުން އެއްބަސްވެވޭގޮތަށް ޤާނޫނު މާނަކުރުމަށް 20 ފެބްރުއަރީ 2014 ވަނަ ދުވަހު ވަނީ ބައްދަލުވުމެއް ބޭއްވިފައެވެ.

2018-02-28_08_15_33_251_2.jpg

މިބައްދަލު ވުމުގައި ބައިވެރިވެފާއިވާ މުއައްސަސާތަކަކީ:

 

-         ފެމިލީ ކޯޓު

-         އެޓާރނީ ޖެނެރަލްގެ އޮފީސް

-         ޖުވެނައިލް ކޯޓު

-         މޯލްޑިވްސް ޕޮލިސް ސަރވިސް / ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑޕާރޓްމަންޓް / ވިކްޓިމް ސަޕޯރޓު ޔުނިޓު

-         ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން

-         ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

-         ޑިރާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހަބްލިޓޭޝަން

-         މިނިސްޓްރީ އޮފް ހޯމް އެފެއާރސް / އެން.ޖީ.އީ ޔުނިޓު

-         ޖުވެނައިލް ޖަސްޓިސް ޔުނިޓު

-         ކްރިމިނަލް ކޯޓު

-         ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

-         މިނިސްޓްރީ އޮފް އެޑިއުކޭޝަން

-         ލޯކަލް ގަވަރމެންޓް އޮތޯރިޓީ

 

20 ފެބްރުއަރީ 2014 ވަނަނަ ދުވަހު ބޭވުނު ބައްދަލުވުމަށްފަހު ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު މާނަކުރުމުގެ ކޮމެންޓްރީގެ ފަހު ދެލިކޮޕީ މިހިނގާ އޭޕުރީލް މަހުގެ ތެރޭގައނ ނިމޭނެކަމަށް ލަފާކުރެވެއެވެ.