ގެވެށި އަނިޔާ އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާގުޅޭ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ހދ.އަތޮޅުގައި ކުރިއަށް ގެންދިއުން

09 އޮގަސްޓް 2015 (09:42:23)

 2018-02-28_09_40_17_262_1.jpg

          ހދ. އަތޮޅުގައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އަމާޒުކޮށްގެން ގެވެށި އަނިޔާ އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުއާގުޅޭ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ހދ. ކުޅުދުއްފުށީގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން މިއަދު ވަނީ ފަށާފައިއެވެ.

2018-02-28_09_40_18_262_2.jpg

މި ތަމްރީނުގެ މަޤްޞަދަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށާއި ގެވެށި އަނިޔާގެ މައްސަލަތައް ދެނެގަންނާނެގޮތާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާނެގޮތާއި ގުޅޭގޮތުން އެކުގައި މަސައްކަތްކުރާ މުއައްސަސާތައް ތަމްރީނުކުރުމެވެ.

2018-02-28_09_40_18_262_3.jpg

05 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ތަމްރީނުގައި ހދ. އަތޮޅުގައި މަސައްކަތްކުރައްވާ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން، ފުލުހުން، މެޖިސްޓްރޭޓުން، ކައުންސިލްގައި މަސައްކަތްކުރައްވާ ފަރާތްތައް އަދި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ތަމްރީނުކުރެވޭނެއެވެ.

2018-02-28_09_40_19_262_4.jpg

މި ތަމްރީނުގައި ގެވެށި އަނިޔާ ހިންގަން ދިމާވާ ސަބަބުތަކާއި، ގެވެށި އަނިޔާގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް އަދި އިސްލާމީ ނަޒަރަކުން ގެވެށި އަނިޔާއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.