ހަބަރު

ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އަމާޒުކޮށްގެން ގެވެށި އަނިޔާ އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާގުޅޭ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ޖެނުއަރީ 17 ން 20 އަށް ވަނީ ހިންގާފައިއެވެ.

25 ޖެނުއަރީ 2016

ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އަމާޒުކޮށްގެން ގެވެށި އަނިޔާ އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާގުޅޭ ޚާއްސަ ތަމްރީން ޕްރޮގްރާމެއް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ޖެނުއަރީ 17 ން 20 އަށް ވަނީ ހިންގާފައިއެވެ. މި ތަމްރީނުގެ ޕްރޮގްރާމްގެ މަޤްޞަދަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށާއި ގެވެށި އަނިޔާގެ މައްސަލަތައް ދެނެގަންނާނެގޮތާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާނެގޮތާއި ގުޅޭގޮތުން އެކުގައި މަސައްކަތްކުރާ މުއައްސަސާތައް ތަމްރީނުކުރުމެވެ. 04 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ތަމްރީނުގައި މާލޭގައި މަސައްކަތްކުރައްވާ އެކި މުއައްސަސާތަކުގެ 19 މުވައްޒަފުން ތަމްރީނުކުރެވިފައިވާނެއެވެ. މި ތަމްރީނުގައި ގެވެށި އަނިޔާ ހިންގަން ދިމާވާ ސަބަބުތަކާއި، ގެވެށި އަނިޔާގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް އަދި އިސްލާމީ ނަޒަރަކުން ގެވެށި އަނިޔާއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވިފައިވާނެއެވެ.