ތަސައްވަރު އަދި އަމާޒު

ތަސައްވަރު

ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަކީ، އެއްވެސް ތަފާތުކުރުމެއްނެތި، ގެވެށި އަނިޔާގެ އަމަލުން ރައްކާތެރިވެފައިވާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅޭ ބަޔަކަށްވުން.

އަމާޒު

ދިވެހިރާއްޖޭގައި ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ލިބިދޭންޖެހޭ ޚިދުމަތްތައް ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ދެމުންގެންދާތޯ ކަށަވަރުކުރުމާއި، ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިޞްލާޙުވުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން. މީގެ އިތުރުން، ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް އާންމުން ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ އަމަލެއް ހިނގާ ހިނދު އެކަމަށް އިޖާބަދޭންޖެހޭ ދާއިރާތަކުގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ހިންގުމާއި، ގެވެށި އަނިޔާއާ ގުޅުންހުރި ތަފާސްހިސާބު އެއްކޮށް ދިރާސާތައް ކުރުން. އަދި، ގެވެށި އަނިޔާގެ އަމަލު ހުއްޓުވުމަށް ދިވެހިރާއްޖޭގައި މަސައްކަތް ކުރާ ކަމާގުޅޭ އެންމެހައި ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުމާއި، އެ ދާއިރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.