ހަބަރު

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަސްދީޤްކުރެވުނުތާ 2 އަހަރުވީ އިރު ކުރެވިފައިވާ މަސައްކަތާއި ހުށަހެޅިފައިވާ މައްސަލަތައް

27 އޭޕްރީލު 2014

ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 52 ވަނަ މާއްދާގެ (ހ) އިން އުފައްދާފައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް، އެ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން 07 މެމްބަރުންގެ ބޯޑެއް 09 ސެޕްޓެމްބަރ 2012 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ. އަދި މިބޯޑުގެ ލަފާގެމަތިން، އެ އޮތޯރިޓީގެ ކަންކަން ހިންގައި ބަލަހައްޓަމުންދަނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރއެވެ. މިޤާނޫނަށް ޢަމަލުކުރަން ފެށުނުތާ މިއަދަށް (23 އެޕްރިލް 2014) މިވަނީ 2 އަހަރު ފުރިފައެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަޤްޞަދަކީ، ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށާއި، އެކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމަށާއި، ގެވެށި އަނިޔާގެ ޢަމަލުތަކުގެ ޝިކާރައަކަށްވާ މީހުންނަށް ދޭންޖެހޭ ޙިދުމަތްތައް ދިނުމަށާއި ފުލުހުންނާއި ޞިއްޙީ ޙިދުމަތްދޭ ފަރާތްތައްފަދަ ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށާއި ގެވެށި އަނިޔާގެ ޢަމަލުން މީހުން ސަލާމަތް ކުރުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް ޤައުމީ ސިޔާސަތެއްގެ ދަށަށް އެމަސައްކަތްތައް ގެނެސް ހިންގައިދީ، އެންމެ ކުރީ ސަފުގައި، ޤައުމީ ފެންވަރުގައި މަސައްކަތްކުރުމެވެ.

 2013 ވަނަ އަހަރުގެ ނޮވެމްބަރ 11 އާ ހަމައަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސައްކަތް ކުރެވުނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ހިނގަމުން އައި ހުރަވީ ބިލްޑިންގ ގެ 1 ވަނަ ފަންގިފިލާގައެވެ. އޮފީސް ހިންގާނެ އެކަށޭނެ ޖާގައެއް ނެތުމުން، ހ. ފުލިދޫގޭގެ 2 ވަނަ ފަންގިފިލާއިން ކުއްޔަށް ހިފާފައިވާ އޮފީސް ޖާގައަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ބަދަލުވީ 11 ނޮވެމްބަރ 2013 ވަނަ ދުވަހުއެވެ.

2013 ވަނަ އަހަރު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ހިންގާފައިވަނީ ދެ ޑިވިޜަންގެ މައްޗަށް އެކުލަވާލެވުނު އިދާރީ އޮނިގަނޑެއްގެ މައްޗަށް ބިނާކޮށެވެ. އެގޮތުން އިދާރީ ކަންކަމާއި ފައިސާއާބެހޭ ކަންތައްތައް ބެލެހެއްޓުމަށް "ކޯޕަރޭޓް އެފެއާޒް" ގެ ނަމުގައި އުފެއްދުނު ޑިވިޜަނަކާއި ޕޮލިސީ، އަދި އެޑްވޮކަސީގެ މަސައްކަތް ބެލެހެއްޓުމަށް އުފެއްދުނު "ޕޮލިސީ އެންޑް އެޑްވޮކަސީ" ގެ ނަމުގައި އުފެއްދުނު ޑިވިޜަންގެ ބެލުމުގެ ދަށުން މަސައްކަތް ކުރެވިފައިނީ ޗީފް އެގްޒެކެޓިވް އޮފިސަރ އާއެކު ޖުމްލަ 6 މުވައްޒަފުންނާއެކުއެވެ.

2013 ވަނަ އަހަރުގެ ބަޖެޓްލިބި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސައްކަތް ފަށައިގަނެވިފައިވަނީ 2013 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންފީޛުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި،

- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ލީގަލް ރިވިއު ތައްޔާރުކުރުން: މި މަސައްކަތުގެ މަޤްޞަދަކީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންފީޒްކުރުމުގައި މިޤާނޫނުގައި ހުރި އެކިއެކި މައްސަލަތައް ދެނެގަނެ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި މިޤާނޫނާއި ގުޅުން ހުރި އެހެނިހެން ޤާނޫނުތަކާއި ހުރި ފުށު އެރުންތައް ދެނެގަނެ، މި މައްސަލަތައް ހައްލުކުރުމަށް ހުށަހެޅުންތަކެއް ފޯރުކޮށްދިނުން.

- ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާތަކުގެ 'ސަރވިސް މެޕިންގ' ތައްޔާރުކުރުން: މި މަސައްކަތުގެ މަޤްޞަދަކީ، ގެވެށި އަނިޔާއާ ދެކޮޅަށް މިހާރު މަސައްކަތް ކުރަމުއްދާ ސަރުކާރުގެ މުއައްސަސާތަކާއި އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަކީ ކޮބައިކަން ދެނެގަނެ، މިމުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކާއި އަދި މިޙިދުމަތްތައް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުންތައް ދެނެގަތުން.

- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ތައްޔާރުކުރުން: މި މަސައްކަތުގެ މަޤްޞަދަކީ، ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށް އާންމުން ހޭލުންތެރި ކުރުވުމަށާއި، ގެވެށި އަނިޔާގެ ޢަމަލުތަކުގެ ޝިކާރައަކަށްވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި، އެހީތެރިކަމާއި  ޙިދުމަތްތައް ދިނުމަށާއި، ގެވެށި އަނިޔާގެ އަމަލު ހިންގާ ފަރާތްތަކަށް ލިބެންޖެހޭ އަދަބު ލިބިދިނުމަށާއި އަދި ރިހެބިލިޓޭޓްކުރުމަށް، ފުލުހުންނާއި ޞިއްޙީ އަދި އިޖުތިމާޢީ ޙިދުމަތްދޭ ފަރާތްތައް، އަދި ކޯޓުތަކާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި މިނޫންވެސް ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނޭ ގޮތުގެ ތިން އަހަރު ދުވަހުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުން

- ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ކޮމެންޓްރީ ތައްޔާރުކުރުން: މި ކޮމެންޓްރީ ތައްޔާރުކުރުމުގެ މަޤްޞަދަކީ ގެވެށި އަނިޔާ ހުއްޓުވުގެ ޤާނޫނު ތަންފީޛުކުރުމަށް ކަމާބެހޭ ދާއިރާތަކުން ބޭނުންކުރެވެމުންދާ އެކިއެކި މިންގަނޑުތަކަށް ބަލައި، ސިއްޚީ ދާއިރާ، ފުލުހުންގެ ދާއިރާ، އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާ، ކައުންސިލްތައް، އަދި މިއޮތޯރިޓީއާއި މިނޫންވެސް ކަމާގުޅުންހުރި މުއައްސަސާތަކުން ގެވެށި އަނިޔާގެ ޤާނޫނު މާނަކުރުމުގައި ދިމާވާ ދަތިތަށް ދެނެގަނެ ހުރިހާ މުއައްސަސާތަކަކުން، އެއްހަމައެއްގައި ޤާނޫނު މާނަ ކުރާނެ މިންގަޑުތަކެއް ކަނޑައެޅުން.

- ގުޅުންހުރި މުއައްސަސާތައް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން ހއ. ށ. އަދި ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މުއައްސަސާތަކަށް ޤާނޫނުގެ ހާޑް ކޮޕީ ފޮނުވިފައި، މިގޮތުން، ކޯޓުތައް، ޕޮލިސް ސްޓޭޝަންތައް، ހޮސްޕިޓަލް އަދި ހެލްތް ސެންޓަރުތައް، ކައުންސިލްގެ އިދާރާތައް އަދި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް ހިމެނޭ.

- ގެވެށި އަނިޔާގެ އަމަލު ރިޕޯޓު ކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން، ގެވެށި އަނިޔާއާ ދެކޮޅަށް އެއްމަހުގެ ހޭލުންތެރިކުރުވުމުގެ ކެމްޕެއިންއެއް ކްލަބް މޯލްޑިވްސް އާއި ގުޅިގެންކުރިއަށްދޭ

- އަދި މީގެ އިތުރުން މާލޭގެ ހޮސްޕިޓަލް އަދި އާންމުން ގިނައިން ޒިޔާރަތްކުރާ ފަދަ ތަންތާގައި ރިޕޯޓު ކުރާނޭ ނަމްބަރުތައް ހިމަނައި އެކްސް-ކައިޓު 04 ކެންވަސް ވަނީ ބެހެއްޓިފައި.

- އޮތޯރިޓީގެ ފޭސް ބުކް ޕޭޖެއް މެދުވެރިކޮށް މި މަޢުލޫމާތު އާންމުންނާއި ހިއްސާކުރެވެމުންދޭ.

2013 – 2014 ގައި ހުށަހެޅުނު މައްސަލަތައް

-     ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް 2013 ގައި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 80% މައްސަލައަކީ އަންހެން މީހާއަށް އަނިޔާ ލިބިގެން ހުށަހެޅިފައިވާ މައްސަލައެވެ. އެންމެ ގިނައިން އަނިޔަ ލިބިފައިވާ އުމުރު ފުރައަކީ 30-34 އަހަރާއި، 25 -29 އަހަރާއި އަދި 45 -49 އަހަރެވެ. ގާތްގަޑަކަށް 30% މައްސަލައަކީ މާލެއިން ހުށަހެޅިފައިވާ މައްސަލައެވެ. އަނިޔާ ލިބިގެން ހުށަހެޅޭ އެއް މައްސަލައެއްގައިވެސް ތަފާތު އެތައްބާވަތެއްގެ އަނިޔާހިމެނެއެވެ. އޭގެތެރޭގައި: ޖިސްމާނީގޮތުން އަނިޔާކުރުން، ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ އަނިޔާކުރުން، ބިރުދެއްކުން، އަދި ކުޑަކުއްޖަކަށް ފެންނާނޭ ނުވަތަ އަޑު އިވޭނޭ ގޮތަށް ގެވެށި އަނިޔާގެ އަމަލު ހިންގުން ހިމެނޭ.

-     ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް 2014 ގެ މިހާތަނަށް ގައި ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 70% މައްސަލައަކީ އަންހެން މީހާއަށް އަނިޔާ ލިބިގެން ހުށަހެޅިފައިވާ މައްސަލައެވެ. އެންމެ ގިނައިން އަނިޔަ ލިބިފައިވާ އުމުރު ފުރައަކީ 05 - 09 އަހަރާއި، 25 -29 އަހަރާއި އަދި 30 -34  އަހަރެވެ. ގާތްގަޑަކަށް 40% މައްސަލައަކީ މާލެއިން ހުށަހެޅިފައިވާ މައްސަލައެވެ. އަނިޔާ ލިބިގެން ހުށަހެޅޭ އެއް މައްސަލައެއްގައިވެސް ތަފާތު އެތައްބާވަތެއްގެ އަނިޔާހިމެނެއެވެ. އޭގެތެރޭގައި: ޖިސްމާނީގޮތުން އަނިޔާކުރުން، ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ އަނިޔާކުރުން، ޖިންސީ އަނިޔާކުރުން، ބިރުދެއްކުން، އަދި ކުޑަކުއްޖަކަށް ފެންނާނޭ ނުވަތަ އަޑު އިވޭނޭ ގޮތަށް ގެވެށި އަނިޔާގެ އަމަލު ހިންގުން ހިމެނޭ.

އެފް.ޕީ..އޭ އިން ކުރުމަށް ރޭވިފައިވާ ބައެއް މުހިއްމު ކަންކަން:

-     ގެވެށި އަނިޔާ ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާ މުއައްސަސާތަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުވައި، މުއައްސަސާތަކުގެ ޤާބިލްކަން އިތުރު ކުރުވުމަށް ތަމްރީން ޕްރޮގްރާމްތައް ރާއްވައި ހިންގުން

-     ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫން ނުފޮނުވި ހުރި އަތޮޅުތަކަށާއި އަދި ރަށްރަށަށުގެ ގުޅުން ހުރި މުއައްސަސާތަކަށް ޤާނޫނުގެ ހާޑް ކޮޕީއެއް ފޮނުވުން

-     އެކިއެކި އަތޮޅުތަކަށް އަމާޒުކޮށް ރިޕޯޓުކުރާނޭ ނަމްބަރުތައް ހިމެނިފައިވާ އެކްސް – ކައިޓް ކެންވަސް ބެހެއްޓުން

-     ގެވެށި އަނިޔާ ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާ މުއައްސަސާތަކުން މަސައްލަހުށަހެޅުމަށް ރިފަރަލް މެކޭނިޒަމްއެއް ޤާއިމްކުރުން

-     ގެވެށި އަނިޔާ ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާ މުއައްސަސާތަކަށް ހުށަހެޅޭ ގެވެށިއަނިޔާގެ މައްސަލަތަކުގެ ތަފާސް ހިސާބު އެއްކޮށް ދިރާސާކުރުން.

  ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް މައްސަލައެއް ހުށަހަޅަން ބޭނުންފުޅު ވެލައްވާނަމަ ގުޅުއްވާނީ: 3010551