ހަބަރު

ހޭލުންތެރިކުރުމުގެ ސްޓޯލްއެއް ވެލާނާގޭގައި ބެހެއްޓުން

27 އޭޕްރީލު 2014

 2018-02-27_14_59_32_1.jpg

ގެވެށި ހުއްޓުވުމުގެ ޤާނޫނު ތަޞްދީޤުކުރެވުނުތާ 2 އަހަރު ފުރުމުން އެކަން ފާހަގަ ކުރުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ވެލާނާގެ ތިރީގައި ސްޓޯލެއް ހުޅުވައިފިއެވެ. އާންމުންގެ މެދުގައި ގެވެށި އަނިޔާއާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބެހެއްޓި މިސްޓޯލް ހުޅުވާފައި ހުރީ 23 އޭޕްރިލް 2014  ވީ ދުވަހުގެ ހެނދުނު 10 ން މެންދުރު 3 އަށެވެ.

2018-02-27_14_59_32_249_2.jpg

މިސްޓޯލްގައި އާންމުންނަށް ގެވެށި އަނިޔާއަކީ ކޮބައިކަމާއި، އަނިޔާގެ ވައްތަރުތަކާއި، ރައްކާތެރިކަމުގެ އަމުރާ ބެހޭގޮތުންނާއި، ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓުކުރާނެ ނަންބަރުތަކާއި، ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދެވުނެވެ. ހަމައެއާއެކު، ގެވެށި އަނިޔާ ހުއްޓުވުމުގެ އެކިއެކި މާއްދާތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސްތައް ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވެއެވެ.  ސްޓޯލްގައި ގެވެށި އަނިޔާއާ ދޭތެރޭ އާންމުން ދެކޭގޮތާއި އެމީހެއްގެ ޝުޢޫރުތައް ފާޅުކުރެވޭ ގޮތަށް މެސެޖް ފޮތެއް ބަހައްޓާފައިވެއެވެ.