ހަބަރު

ގެވެށީ އަނިޔާ ހުއްޓުވުމުގެ ތިންވަނަ ޤައުމީ ސިޔާސަތުގެ ޖޮއިންޓް އެކްޝަން ޕްލޭން ތަންފީޛުކުރުމުގެ މަސައްކަތުގެ ތެރެއިން ޕްރޮސެކިއުޓަރުންނަށް ސެޝަން ނަގާދިނުން

25 ފެބްރުއަރީ 2024

ގެވެށި އަނިޔާ ހުއްޓުވުމުގެ ތިންވަނަ ޤައުމީ ސިޔާސަތުގެ ޖޮއިންޓް އެކްޝަން ޕްލޭންގެ ދަށުން ޕްރޮސެކިއުޓަރުން ސެންސިޓައިޒްކުރުމަށް ސެޝަންތަކެއްވަނީ ނަގާދީފައެވެ. ޖެނުއަރީމަހުގެ ތެރޭގައި ތިން ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި ޖުމުލަ 54 ޕްރޮސެކިއުޓަރުންވަނީ ބައިވެރިވެފައެވެ.
މި ސެޝަންތަކުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ތިންވަނަ ޤައުމީ ސިޔާސަތުގެ ތެރެއިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މަތިވާ މަސައްކަތްތަކާއި، ވެލިއު ކްލެރިފިކޭޝަން އަދި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނެ ގޮތްތައް އަދި މުޢާމަލާތްކުރާނެ ގޮތްތަކަށް އަލިއަޅުވާލާފައިވާނެއެވެ.