ހަބަރު

ރިވެލި ކާނިވަލުގައި އެފް.ޕީ.އޭ އިން ބައިވެރިވުން

25 ފެބްރުއަރީ 2024

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ފަންނުވެރިކަން އާންމުންނަށް ދައްކާލާ، އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން ބޭއްވުނު "ރިވެލި ކާނިވަލް 2024"ގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިންވަނީ ބައިވެރިވެފައެވެ. 15 އަދި 16 ފެބުރުއަރީ 2024ގައި ޖުމްލަ 4 ދަންފަޅިތަކަކަށް ބަހާލައިގެން ބޭއްވި މި ކާނިވަލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަމާއި ގެވެށި އަނިޔާއާ ގުޅޭ މައުލޫމާތު ތަފާތު ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދެވުނެވެ. މި ގޮތުން ޖުމްލަ 405 ފަރާތަކަށް އޮތޯރިޓީގެ ޑެސްކުން މައުލޫމާތު ފޯރުކޮށްދެވުނެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއިން އިންތިޒާމްކުރި މި ކާނިވަލްގެ މަޤްސަދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ޤާބިލްކަން، އަދި އެފަރާތްތަކުގެ މަސައްކަތްތެރިކަން، އުފާވެރި މާޙައުލެއްގައި ފާހަގަކުރުމުގެ އިތުރުން، އެފަރާތްތަކަށް މުޖުތަމަޢުގައި ހުރި ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.
މި ކާނިވަލުގައި އެފް.ޕީ.އޭގެ އިތުރުން، ސަރުކާރުގެ މުއައްސަސާތަކާއި، އެކިއެކި ޖަމިއްޔާ ޖަމާޢަތްތަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތުވަނީ ފޯރުކޮށްދީފައެވެ.