ހަބަރު

ކުޑަކުދިންގެ ދުވަހަށް ޚާއްސަ "އުފާ ފެސްޓިވަލް" ގައި އެފް.ޕީ.އޭ އިން ބައިވެރިވުން

22 މޭ 2024

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާ، އުރީދޫ އަދި އެޗް.ޑީ.ސީ ގުޅިގެން ބޭއްވި "އުފާ ފެސްޓިވަލް 2024"ގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ) އިން ވަނީ ބައިވެރިވެފައެވެ. މި ފެސްޓިވަލްގައި އެފް.ޕީ.އޭއިން ވަނީ ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކުގެ އިތުރަށް ގެވެށި އަނިޔާ ހުއްޓުވުމާ ގުޅޭ މުހިއްމު މައުލޫމާތު އާއްމުންނަށް ފޯރުކޮށްދީފައެވެ. މިގޮތުން، ބެލެނިވެރިންނަށް ހާއްސަކޮށްގެން މި އޮތޯރިޓީން ތައްޔާރު ކޮށްފައިވާ އަތްމަތީ ފޮތް "ދެނެގަންނަމާ - ޖިންސީ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުން" ގެ ކޮޕީތައް ގިނަ ފަރާތްތަކަށް ވަނީ ހިއްސާކުރެވިފައެވެ. 
މި ހަރަކާތަކީ އާއިލާއާއެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭ ގޮތަށް ރާވާފައިވާ ފެސްޓިވަލެކެވެ. ފެސްޓިވަލުގައި ސަރުކާރުގެ މުއައްސަސާތަކާއި، އެކިއެކި ޖަމިއްޔާ ޖަމާޢަތްތަކުގެ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކާއި އެކި ގޭމުތަކާއި ކުޅިވަރު ހިމެނޭ ގިނަ ސްޓޯލްތަކެއް ކުރިއަށްދިޔައެވެ.