ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު)ގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލަތަކުގައި މި އޮތޯރިޓީން ޤާނޫނީ ލަފާ ފޯރުކޮށްދެމެވެ. މީގެ އިތުރުން، އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ރައްކާތެރިކުރުމުގެ އަމުރު އަދި އަވަސް އަމުރަށް އެދުމަށް ބޭނުންވާ ޤާނޫނީ ލަފާ ވެސް މި އޮތޯރިޓީން ފޯރުކޮށްދެމެވެ. ޤާނޫނީ ލަފާ ބޭނުންފުޅު ނަމަ، އޮތޯރިޓީގެ ރަސްމީ ގަޑީގައި، އެއީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު 2:00 އާ ދޭތެރޭ، ގ.މާގަހާ (ބުރުޒު މަގު) 4 ވަނަ ފަނގިފިލާއަށް ވަޑައިގެންނެވުމުން ނުވަތަ މި އޮތޯރިޓީގެ ފޯނު ނަންބަރު 3010551 އަށް ގުޅުއްވުމުން ބޭނުންވާ ލަފާ ފޯރުކޮށްދެވޭނެއެވެ.