ހަބަރު

ގެވެށި އަނިޔާ ހުއްޓުވުމަށް އިޖާބަދޭ މުއައްސަސާތަކުން މިހާރު ފޯރުކޮށްދޭ ޚިދުމަތްތަކާއި، މަސައްކަތްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭ މައުލޫމާތު ހޯދުމަށް ށ. އަތޮޅާއި، ނ. އަތޮޅު މޮނިޓަރިން ދަތުރުކުރުން

ށ. އަތޮޅާއި، ނ. އަތޮޅުގައި ގެވެށި އަނިޔާ ހުއްޓުވުމަށް އިޖާބަދޭ މުއައްސަސާތަކުން މިހާރު ފޯރުކޮށްދޭ ޚިދުމަތްތަކާއި، މަސައްކަތްކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށްޓަކައި މޮނިޓަރިން ދަތުރެއް ކުރިއަށް ގެންގޮސްފިއެވެ. މި ދަތުރުގައި ވަނީ މި ދެ އަތޮޅުގައި ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ވަޒަންކޮށް، ދިމާވެފައިވާ ގޮންޖެހުންތަކާއި އިތުރަށް ރަނގަޅުކުރަންހުރި ކަންކަން ދެނެގަނެވިފައެވެ.
ފެބްރުއަރީ މަހުގެ 23-20 އަށް ށ. އަތޮޅަށް ކުރި ދަތުރުގައި ބައްދަލުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ށ. އަތޮޅު ކައުންސިލް، ށ ފެމެލީ އެންޑް ޗިލްޑްރަންސް ސާރވިސް ސެންޓަރ، ށ އަތޮޅުގެ ފުލުހުން، ށ. ފުނަދޫ އަދި ށ. ޅައިމަގު ރަށު ކައުންސިލް، ށ. ފުނަދޫ އަދި ށ. ޅައިމަގު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ށ. ފުނަދޫ އަދި ށ. ޅައިމަގު ހެލްތް ސެންޓަރު އަދި ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓް،ގެ މެންބަރުންނާއި މުވައްޒަފުން ހިމެނެއެވެ.
ފެބްރުއަރީ މަހުގެ 29 ން 26  އަށް ނ. އަތޮޅަށް ކުރި ދަތުރުގައި ބައްދަލުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ނ.އަތޮޅު ކައުންސިލް، ނ އަތޮޅު ފެމެލީ އެންޑް ޗިލްޑްރެންސް ސާރވިސް ސެންޓަރ، ނ. އަތޮޅު ފުލުހުން، ނ. ކެނދިކުޅުދޫ ރަށު ކައުންސިލް، ނ. މަނަދޫ އަދި ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ނ. މަނަދޫ އަދި ނ. ކެނދިކުޅުދޫ ހެލްތް ސެންޓަރު، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓް ގެ މެންބަރުންނާއި މުވައްޒަފުން ހިމެނެއެވެ.
މީގެ އިތުރުން މި ދަތުރުގައި ވަނީ ށ.އަތޮޅު ކައުންސިލާއި، ށ. ފުނަދޫ ކައުންސިލް އަދި ނ. މަނަދޫ ކައުންސިލާއި، ނ. ކެނދިކުޅުދޫ ކައުންސިލްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ޤާނޫނު ނަންބަރު 2012/3 ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލްތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ޤަވާއިދަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. މިސެޝަންތަކުގައި އަނިޔާލިބޭ ފަރާތްތަކާއި އެކު މަސައްކަތްކުރެވޭނެ ގޮތްތަކަށްވެސް އަލިއަޅުވާލެވިފައިވާނެއެވެ.
ހަމައެޔާއެކު، ށ.ފުނަދޫ، ނ. މަނަދޫ އަދި ނ. ކެނދިކުޅުދޫގައި ވަނީ މުދައްރިސުންނަށް ހާއްސަކޮށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ މައުލޫމާތު ސެޝަންއަކާއި، އަދި ބެލެނިވެރިންނަށް ހާއްސަކޮށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ޖިންސީ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމާއި ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.