ހަބަރު

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު އެކުލަވާލުން

27 އޭޕްރީލު 2014

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު (2012/3) ގެ 53 ވަނަ މާއްދާގެ (ހ) ގައި ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޤައުމީ ސިޔާސަތުތައް ކަނޑައަޅައި، ތަންފީޒްކުރުމަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޒިންމާއެއްކަމަށް ބަޔާންކޮށްފައިވާތީވެ، މިކަން ތަންފީޛު ކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ލޯކަލް ކޮންސަލްޓަންޓްއެއްގެ އެހީގައި 2013 ވަނަ އަހަރު ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުގައި މިމަސައްކަތް ވަނީ ފަށާފެއެވެ.

 

މިމަސައްކަތުގައި ތިރީގައި އެވާ މުއައްސަސާ ތަކުން ބައިވެރިވެފައިވެއެވެ.

 

-         ފެމިލީ ކޯޓު

-         އެޓާރނީ ޖެނެރަލްގެ އޮފީސް

-         ޖުވެނައިލް ކޯޓު

-         މޯލްޑިވްސް ޕޮލިސް ސަރވިސް / ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑޕާރޓްމަންޓް / ވިކްޓިމް ސަޕޯރޓު ޔުނިޓު

-         ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަން

-         ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

-         ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހަބްލިޓޭޝަން ސަރވިސަސް

-         މިނިސްޓްރީ އޮފް ހޯމް އެފެއާޒް / އެން.ޖީ.އީ ޔުނިޓު

-         ޖުވެނައިލް ޖަސްޓިސް ޔުނިޓު

-         ކްރިމިނަލް ކޯޓު

-         ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

-         މާލޭ ސިޓީ ކައުންސިލްގެ އިދާރާ

-         މިނިސްޓްރީ އޮފް އެޑިއުކޭޝަން

-         ލޯކަލް ގަވަރމެންޓް އޮތޯރިޓީ

-         ޔޫ.އެން ވިމެން

-         ޔޫ.އެން.އެފް.ޕީ.އޭ

-         ޔޫ.އެން ރެސިޑެންޓް ކޯޑިނޭޓަރގެ އޮފީސް

މިމަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ތިން ފިޔަވައްސަކަށް ބަހައިލައިގެންނެވެ.  ފުރުތަމަ ފިޔަވަހި ކުރިޔަށް ގެންގޮސްފައިވަނީ ޑޮކިއުމަންޓް އެނެލިސިސް އެއްގެ ސިފައިގައި ގެވެށި އަނިޔާއާ ގުޅޭ ގޮތުން ލިޔެވިފައިވާ ރިޕޯޓްތައް ދިރާސާކުރުމަށެވެ. އެއަށް ފަހު ދެވަނަ ފިޔަވަހިގައި ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރާ މުއައްސަސާތަކާއެކު ފޯކަސް ގުރޫޕް ޑިސްކްޝަންތަކެއް އަދި މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބޭއްވިފައެވެ. ތިންވަނަ ފިޔަވަހިގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ލިޔެ، އެއަށް ގެންނަން ޖެހޭ އިސްލާހްތަށް ކުރުމަށްފަހު ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ވެލިޑޭޓްކޮށް އެކުލަވާލެވުނެވެ.

މި މަސައްކަތުގެ މަޤްޞަދަކީ، ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށް އާންމުން ހޭލުންތެރި ކުރުވުމަށާއި، ގެވެށި އަނިޔާގެ ޢަމަލުތަކުގެ ޝިކާރައަކަށްވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި، އެހީތެރިކަމާއި  ޙިދުމަތްތައް ދިނުމަށާއި، ގެވެށި އަނިޔާގެ ޢަމަލު ހިންގާ ފަރާތްތަކަށް ލިބެންޖެހޭ އަދަބު ލިބިދިނުމަށާއި އަދި ރިހެބިލިޓޭޓްކުރުމަށް، ފުލުހުންނާއި ޞިއްޙީ އަދި އިޖުތިމާޢީ ޙިދުމަތްދޭ ފަރާތްތައް، އަދި ކޯޓުތަކާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި މިނޫންވެސް ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރާނޭ ގޮތުގެ ތިން އަހަރު ދުވަހުގެ ޤައުމީ ސިޔާސަތެއް ކަނޑައެޅުމެވެ. އަދި ހަމައެހެންމެ ގެވެށި އަނިޔާގެ ޢަމަލުން މީހުން ސަލާމަތް ކުރުމަށްޓަކައި ރާއްޖޭގައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ވިލަރެސްކޮށް ޤައުމީ ސިޔާސަތެއްގެ ދަށަށް އެމަސައްކަތްތައް ގެނެސް ހިންގުމެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު އެއްކޮށް އެކުލަވާލައި ވެލިޑޭޓް ކުރުމަށްފަހު މިމަސައްކަތް އެއްކޮށް ނިމިފައިވަނި މިއަހަރުގެ މާޗްމަހުގެ ތެރޭގައިއެވެ.