އަންހެނުންގެ ދުވަސް ފާހަގަ
ކުރުމުގެ ގޮތުން މިޝަން ފޯރ މައިގްރަންޓް ވޯރކާރސްގެ ފަރާތުން ބިދޭސީ އަންހެނުންނަށް އަމާޒުކޮށްގެން ހެލްތް ކޭމްފެއް ވަނީ 1 މާރިޗު 2024
ގައި ބާއްވާފައެވެ. މި ކޭމްޕްގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން ވަނީ
ބައިވެރިވެ، ގެވެށި އަނިޔާއާ ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މިގޮތުން ބިދޭސީ
މަސައްކަތްތެރިންނަށް ހާއްސަކޮށްގެން އޮތޯރިޓީން ތައްޔާރުކޮށްފައިވާ ފޮތްތަކެއް
މެދުވެރިކޮށް 100އަށް ވުރެ ގިނަ ފަރާތްތަކަށް ވަނީ މައުލޫމާތު ހިއްސާކުރެވިފައެވެ.
މިޝަން ފޯރ މައިގްރަންޓް
ވޯކަރސްއިން މި ކޭމްޕް އިންތިޒާމު ކުރުމުގެ މައިގަނޑު މަޤްސަދަކީ ދިވެހި
ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހިލޭ މެޑިކަލް ސްކްރީނިންގްގެ ހިދުމަތް
ފޯރުކޮށްދިނުމެވެ. މީގެ ތެރޭގައި ޑޮކްޓަރަށް ދެއްކުން، ކެންސަރ ސްކްރީނިންގް، ނަފްސާނީ އެހީތެރިކަން
ފޯރުކޮށްދިނުންވެސް ހިމެނެއެވެ. މިކޭންޕްގައި އޮތޯރިޓީގެ އިތުރުން ތަފާތު ގިނަ
ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކެއް ވަނީ ބައިވެރިވެފައެވެ.