ޑިޕާޓްމެންޓު

އެޑްމިން އެންޑް ޕްރޮކިއުމަންޓް ސެކްޝަން
  1. އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން.
  2. އޮފީހަށް އަންނަ ސިޓީއާއި އެހެނިހެން ތަކެތި ބަލައިގަނެ އެންޓްރީކުރުމާއި ރޫޓްކުރުން.
  3. އޮފީހުގެ ލިޔެކިއުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  4. އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ހޯދާ ބެލެހެއްޓުން.
  5. ސްޓޮކް ބެލެހެއްޓުން.
  6. އޮތޯރިޓީގެ މުވައްޒަފުން ތަބާވާންޖެހޭ މިންގަނޑުތަކާއި އުޞޫލުތަކާއި ކޯޑްއޮފް ކޮންޑަކްޓް ކަނޑައެޅުން.
  7. މުވައްޒަފުންނާ ބެހޭ އެންމެހޭ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި، އޮތޯރިޓީގެ މުވައްޒަފުން ތަބާވާންޖެހޭ މިންގަނޑުތަކާއި އުޞޫލުތަކާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވާ މީހުންގެ މައްސަލަ ބެލުމާއި، އެ މީހުންނާމެދު އަޅާނެ ފިޔަވަޅުތަކާމެދު ލަފާދިނުން.
  8. އޮފީސް ހިންގާނެ އިމާރާތް ހޯދުމާއި، އިމާރާތް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  9. އޮތޯރިޓީގެ މެޝިނަރީސް، ފަރުނީޗަރ، ހިފާގެންގުޅޭ ތަކެތި މަރާމާތު ކުރުމާއި ނައްތާލަން ބޭނުންވާ ތަކެތި ނައްތާލުމުގެ އެންމެހާ އިންތިޒާމުތައް ހިންގާ ބެލެހެއްޓުން.
  10. ގެވެށި އަނިޔާގެ ޢަމަލު ހުއްޓުވުމަށްޓަކައި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްކަކާއެކު އެއްބަސްވުންތައްވުމަށްޓަކައި ކުރަންޖޭހޭ މަސައްކަތްތައް ކުރުން.
  11. އޮފީހުން ހިންގާ އެކިއެކި ޚަރަކާތްތަކުގެ އަދި މުވައްޒަފުން ކުރާ ދަތުރުތަކުގެ ލޮޖިސްޓިކްސްއާ ގުޅުންހުރި އިންތިޒާމްތައް ހަމަޖެއްސުން.