ޑިޕާޓްމެންޓު

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

މަޤްޞަދު

ކަމާގުޅުންހުރި އެންމެހާ މުއައްސަސާތައް ބައިވެރިކޮށްގެން ގެވެށި އަނިޔާ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޤައުމީ ސިޔާސަތުތައް އެކުލަވާލައި، އޮތޯރިޓީން ތައްޔާރުކުރަންޖެހޭ ގަވާއިދުތަކާއި އުސޫލުތަކުގެ މަސައްކަތްކުރުން. ބޯޑުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއެކު، ހަޔަރ-ލެވްލް އެޑްވޮކަސީގެ މަސައްކަތްތައް އަދި އިންޓަރނޭޝަނަލް ރިލޭޝަންއާ ގުޅުންހުރި މަސައްކަތްތައް ކުރުން.
  1. ކަމާގުޅުންހުރި އެންމެހާ މުއައްސަސާތައް ބައިވެރިކޮށްގެން ގެވެށި އަނިޔާ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ޤައުމީ ސިޔާސަތުތައް ކަނޑައަޅުން.
  2. ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ރާއްޖެ ހިޖުރަކޮށް، އެ މިންގަނޑުތަކާ އެއްހަމައެއްގައި، ކަމާގުޅޭ ޢަދުލުގެ އުސޫލުތައް ބައްޓަންކޮށް، ތަންފީޛުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ގެވެށި އަނިޔާއާ ގުޅުންހުރި އަދި އޮތޯރިޓީގެ މަސައްކަތްތަކާ ގުޅުންހުރި ޤާނޫނުތައް ބަލައި، ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  4. ހަޔަރ-ލެވްލް އެޑްވޮކަސީގެ މަސައްކަތްތައް ކުރުން.
  5. ބޯޑު ބައްދަލުވުންތަކުގެ އަދި ބޯޑު މެމްބަރުން ބައިވެރިވެވަޑައިގަންނަވާ އެންމެހާ ބައްދަލުވުންތަކުގެ އެޖެންޑާ، ޔައުމިއްޔާ އަދި އެހެނިހެން ލިޔެކިޔުންތައް ބެލެހެއްޓުން.
  6. މިނިސްޓަރާއި ބޯޑުގެ ލަފާގެ މަތިން އޮތޯރިޓީގެ މަސައްކަތްތަކުގެ މިސްރާބު ކަނޑައެޅުން.

މުވައްޒަފުން

  1. ސީ.އީ.އޯ / އިބްރާހިމް ތައްޔިބު
  2. އެސިސްޓެންޓް ޑިރެކްޓަރ / ޙަދީޖާ އަރީޝާ
  3. ޕޮލިސީ އޮފިސަރ / އާއިޝަތު މިހްނާ ނާސިހް
  4. ލީގަލް އޮފިސަރ / ނުޒުހަތު ވަހީދާ