ހަބަރު

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ކޮމެންޓަރީ އެކުލަވާލުމުގެ މަސައްކަތްތައް

05 ޖުލައި 2015

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ކޮމެންޓަރީ ތައްޔާރުކުރުމުގެ މަސައްކަތް ޑިސެމްބަރ 2013 އިން ފެބްރުއަރީ 2014 އަށް އެކީޓާސް ލީގަލް ކޮންސަލްޓަންޓަސްއާ ޙަވާލުކުރެވި، ޔޫ.އެން.އެފް.ޕީއޭގެ ހިލޭ އެހީގެ ދަށުން ވަނީ ކޮށްފައެވެ. މި ކޮމެންޓަރީ ތައްޔާރުކުރުމުގެ މަޤްޞަދަކީ ގެވެށި އަނިޔާ ހުއްޓުވުގެ ޤާނޫނު ތަންފީޛުކުރުމަށް ކަމާބެހޭ ދާއިރާތަކުން ބޭނުންކުރަމުންދާ އެކިއެކި މިންގަނޑުތަކަށް ބަލައި، ސިއްޚީ ދާއިރާ، ފުލުހުންގެ ދާއިރާ، އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ، އިޖުތިމާޢީ ޚިދުމަތުގެ ދާއިރާ، ކައުންސިލްތައް، އަދި މި އޮތޯރިޓީއާއި މިނޫންވެސް ކަމާގުޅުންހުރި މުއައްސަސާތަކުން ގެވެށި އަނިޔާގެ ޤާނޫނު މާނަކުރުމުގައި ދިމާވާ ދަތިތަށް ދެނެގަނެ ހުރިހާ މުއައްސަސާތަކަކުން، އެއްހަމައެއްގައި ޤާނޫނު މާނަ ކުރާނެ މިންގަޑުތަކެއް ކަނޑައެޅުމެވެ.