ހަބަރު

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތްތައް

07 ޖޫން 2015

މި ސިޔާސަތު އެކުލަވާލައިފާވަނީ ގެވެށި އަނިޔާއާ ހުއްޓުވުމަށް މާލެއާއި އަތޮޅުތަކުގައި މަސައްކަތްކުރާ މުޢައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާއަތްތަކާއި އަދި އާއްމުންނާއި ބައްދަލުކޮށް މަޝްވަރާކޮށް ހޯދާފައިވާ މަޢުލޫމާތުތަކުގެ އަލީގައެވެ. އެގޮތުން، ގެވެށި އަނިޔާގެ ޢަމަލު ހުއްޓުވުމަށް މުޖުތަމަޢުގައި މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިއަށް ކުރުމަށް ރޭވިފައިވާ މަސައްކަތްތަކާއި،  އަދި މިނޭދެވޭ ޢަމަލު މުޖުތަމަޢުގައި ހިނގާ މިންވަރާއި، ކަމާބެހޭ ފަރާތްތަކާއި އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އާއްމު ފަރުދުން މިކަން ހުއްޓުވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ބަލާ މަޝްވަރާކުރެވުނެވެ.