ހަބަރު

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ތަންފީޒުކުރެވޭ މިންވަރުދެނެގަނެވޭނޭ "މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޓޫލް" އެއް ތައްޔާރުކުރުން

05 ޖުލައި 2015

'މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޓޫލް' ތައްޔާރުކުމަށް ސީ.ޑީ.އީ ޕްރައިވެޓް ލިމިޓެޑްއާއި 01 ނޮވެމްބަރ 2014 ގައި ޙަވާލުކުރެވުނެވެ. ސީ.ޑީ.އީ ޕްރައިވެޓް ލިމިޓެޑްއާ އޮތޯރިޓީއާ ގުޅިގެން ތައްޔާރުކޮށްފައިވާ 'މޮނިޓަރިންގ އެންޑް އެވެލުއޭޝަން ޓޫލް'އަށް ގުޅުންހުރި މުއައްސަސާތަކުގެ ޚިޔާލު ހޯދައި ވެލިޑޭޓްކުރުމަށް 27 ނޮވެމްބަރު 2014 ވަނަ ދުވަހު މާލޭގައި މަސައްކަތު ބައްދަލުވުމެއް ބޭއްވި، މި މައްސަކަތު ބައްދަލުވުމުގައި ލިބިފައިވާ ޚިޔާލުތަކާ އެގޮތަށް 'މޮނިޓަރިންގ އެންޑް އިވެލުއޭޝަން ޓޫލް' އިސްލާޙްކުރެވި މި ޓޫލް، 30 ނޮވެމްބަރ 2014 ގައި ސީ.ޑީ.އީ ޕްރައިވެޓް ލިމިޓެޑްއިން ވަނީ މިއޮތޯރިޓީއާ ހަވާލުކޮށްފައެވެ.