ހަބަރު

ކުޑަކުދިންގެ ހިޔާގެ ސުޕަރވައިޒަރުންނަށް އަދި ކެއަރޓޭކަރުންނަށް ހިންގުނު ތަމްރީން

29 ސެޕްޓެމްބަރު 2015

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ސެޕްޓެމްބަރ 18 އަދި 19 ވަނަދުވަހު ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރައްވާ ސުޕްވައިޒަރުންނާއި އަދި ކެއަރ ވޯރކަރުންނަށް ވަނީ ތަމްރީން ޕްރޮގްރާމެއް ހިންގިފައެވެ.  

 މި ތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށާއި، މި އަނިޔާގެ ސަބަބުން ކުރާ އެކިއެކި ނޭދެވޭ އަސަރުތަކާގުޅޭގޮތުން ހިޔާގައި މަސައްކަތްކުރައްވާ ސުޕްވައިޒަރުންނާއި އަދި ކެއަރ ވޯރކަރުންނަށް އަހުލުވެރިކުރުވުމެވެ. 02 ރެޔަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ކުޑަކުދިންގެ ހިޔާގެ 18 މުވައްޒަފުން ބައިވެރިވެފައިވެއެވެ.