ހަބަރު

އޮތޯރިޓީއިން ހއ. އުތީމުގައި 17 -18 ޖުލައި 2023 އަށް ކުރިއަށް ގެންދިޔަ މޮނިޓަރިންގ މަސައްކަތުގެ ތެރެއިން ހއ. އަތޮޅުގައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ބައްދަލުވުންކުރުން

20 ޖުލައި 2023

އޮތޯރިޓީއިން ހއ. އުތީމުގައި 17 -18 ޖުލައި 2023 އަށް ކުރިއަށް ގެންދިޔަ މޮނިޓަރިންގ މަސައްކަތުގެ ތެރެއިން ހއ. އަތޮޅުގައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ވަނީ ބައްދަލުވުންތަކެއް ކުރިޔަށް ގެންގޮސްފައެވެ. މި ބައްދަލުވުންތަކުގައި ހއ. އަތޮޅުގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތަކާއި ގުޅޭގޮތުންނާއި ފޯރުކޮށްދެވޭ ހިދުމަތާއި ދިމާވާ ގޮންޖެހުންތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ. އޮތޯރިޓީން ބައްދަލު ކުރި މުއައްސަސާތަކުގެ ތެރޭގައި، ހއ. އުތީމު ރަށު ކައުންސިލްގެ އިދާރާ، ހއ. އުތީމު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ހިމެނެއެވެ.