ހަބަރު

އޮތޯރިޓީއިން ހއ. ދިއްދޫގައި 16 -17 ޖުލައި 2023 އަށް ކުރިއަށް ގެންދިޔަ މޮނިޓަރިންގ މަސައްކަތުގެ ތެރެއިން ހއ. އަތޮޅުގައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ބައްދަލުވުންކުރުން

20 ޖުލައި 2023

އޮތޯރިޓީއިން ހއ. ދިއްދޫގައި 16 -17 ޖުލައި 2023 އަށް ކުރިއަށް ގެންދިޔަ މޮނިޓަރިންގ މަސައްކަތުގެ ތެރެއިން ހއ. އަތޮޅުގައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ބޭފުޅުންނާއެކު ވަނީ ބައްދަލުވުންތަކެއް ކުރިޔަށް ގެންގޮސްފައެވެ. މި ބައްދަލުވުންތަކުގައި ހއ. އަތޮޅުގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތަކާއި ގުޅޭގޮތުންނާއި ފޯރުކޮށްދެވޭ ހިދުމަތާއި ދިމާވާ ގޮންޖެހުންތަކާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުނެވެ. އޮތޯރިޓީން ބައްދަލު ކުރި މުއައްސަސާތަކުގެ ތެރޭގައި، ހއ. އަތޮޅު ކައުންސިލްގެ އިދާރާ، ހއ. ދިއްދޫ ރަށު ކައުންސިލްގެ އިދާރާ، ހއ. ދިއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ، ހއ. ދިއްދޫ ޕޮލިސް ސްޓޭޝަން، ހއ. އަތޮޅު ހޮސްޕިޓަލް، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓު އަދި ހއ. އެފް.ސީ.އެސް.ސީގެ މަސައްކަތާ ހަވާލުވެހުރި މުވައްޒަފުން ހިމެނެއެވެ.