ޕަބްލިކޭޝަންތައް

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ޤާނޫނު ނަންބަރު 2014/17 (ޖިންސީ ކުށުގެ ޤާނޫނު) ގެ ދަށުން މާލީ އެހީތެރިކަން ދިނުނުމުގެ އުސޫލު

08 ނޮވެމްބަރު 2021

މާލީ އެހީތެރިކަން ދިނުމުގައި ބަލާނެ މިންގަނޑުގެ އުސޫލު 8 ފެބްރުއަރީ 2017 ގައި ވަނީ ގެޒެޓް ކުރެވިފައެވެ. މި އުސޫލު ތަންފީޒު ކުރުމުގައި ގިނަ ދަތިތަކެއް ފާހަގަވުމާ ގުޅިގެ މި އުސޫލަށް ވަނީ އިސްލާޙު ގެނެވިފައެވެ. އަދި މި ދެންނެވި އިސްލާޙުތައް 25 އޮކްޓުބަރު 2021 ވަނަ ދުވަހު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައެވެ. ވުމާއެކު، އައު އިސްލާޙު ގެނެވިފައިވާ އުސޫލު މަޢުލޫމާތަށްޓަކައި އާންމު ކުރީމެވެ.