- އޮތޯރިޓީއަށް ސީދާ ހުށަހެޅޭ ގެވެށި އަނިޔާގެ މައްސަލަތައް ބަލައިގަތުމާއި، އެ މައްސަލަތައް ގުޅުންހުރި މުއައްސަސާތަކަށް ރިފަރކުރުން.
- މުއައްސަސާތަކަށް ހުށަހެޅޭ ގެވެށި އަނިޔާގެ މައްސަލަތައް އޮތޯރިޓީއަށް ރިޕޯޓުކުރުމުން، މައްސަލަތަކުގެ މަޢުލޫމާތު އެންޓަރކޮށް، ޑޭޓާ ބެލެހެއްޓުން.
- އޮތޯރިޓީއަށް ހުށަހެޅޭ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން ހައި-ޕްރައޯރިޓީ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުން މޮނިޓަރކުރުން.
- ޖިންސީ ކުށުގެ ޤާނޫނުން ޝިކާރައަކަށްވާ މީހުންނަށް ނަފްސާނީ އެހީ ދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
- ޖީންސީ ކުށް ކުރާ މީހުންގެ ދަފްތަރަށް ބޭނުންވާ މައުލޫމާތު އެއްކޮށް ބެލެހެޓުން.
- ގެވެށި އަނިޔާގެ އަމަލު ހިންގާ މީހުން އިޞްލާޙުވުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ރުޖޫޢަވުމަށް އެހީތެރިވެދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ގެވެށި އަނިޔާގެ މައްސަލަތަކުގެ މުއައްސަސާތައް މެދުގައި އޮންނަ ރިޕަރަލް އެންޑް ރިޕޯޓިންގ ނިޒާމް ހަރުދަނާކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.