ގެވެށި
އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނަށް ފަނޑިޔާރުން
އަހުލުވެރިކުރުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާއި،
ޔޫ.އެން.ޑީ.ޕީ އަދި މި އޮތޯރިޓީ ގުޅިގެން މެއި މަހުގެ 4 ވަނަ ދުވަހުން ފެށިގެން 8
ވަނަ ދުވަހުގެ ނިޔަލަށް ތަމްރީން ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންދެވިފައެވެ. މި
ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 30 ފަނޑިޔާރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި
ތަމްރީން ޕްރޮގްރާމްގައި އޮތޯރިޓީއިން ނަގައިދީފައިވަނީ ޖުމްލަ 4 ސެޝަނެކެވެ. މީގެ
ތެރޭގައި ހިމެނެނީ މިންތީގެ މަފްހޫމްތަކާއި، ވެލިއު ކްލެރިފިކޭޝަންއާއި، ބާރާއި ކޮންޓްރޯލް:
އަނިޔާވެރި ގުޅުމަކުން ދުރުވުމަށް ހުރި ހުރަސްތައް ދެނެގަތުން އަދި ގެވެށި އަނިޔާ
ހުއްޓުވުމުގެ ޤާނޫނެވެ.
5
ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގެ މަގްސަދަކީ މިންތީގެ މަފްހޫމްތަކާއި،
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު އަދި ޖިންސީ ކުށުގެ ގާނޫނަށް އަހުލުވެރިވެފައިވާ،
އަދި އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތުގެ ނަޒަރިއްޔާތުން ޝަރީއަތްކުރުމުގެ މައުލޫމާތު
ލިބިފައިވާ ފަނޑިޔާރުންތަކެއް ތަމްރީންކުރުމެވެ.