ހަބަރު

ގެވެށި އަނިޔާގެ މައްސަލަތައް ކޯޑުކުރުމާގުޅޭގޮތުން ދިވެހި ފުލުހުންގެ ހިދުމަތައް އަމާޒުކޮށްގެން ބޭއްވުނު ތަމްރީން ސެޝަން

13 އޯގަސްޓު 2024

ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު)ގެ 53 ވަނަ މާއްދާގެ (ކ) ގައި ގެވެށި އަނިޔާގެ އަމަލެއް ހިނގާ ހިނދު، އަކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތައާރަފްކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޒިންމާއެއްކަމަށް ބަޔާންކޮށްފައިވެއެވެ. 
އެގޮތުން، އިދާރަތުކުން އޮތޯރިޓީއާ ހިއްސާކުރާ ގެވެށި އަނިޔާގެ މައްސަލަތަކުގެ ރެފަރަލްތަކުގައި ގެވެށި އަނިޔާގެ އަމަލުތައް ކޯޑުކުރުމުގައި ތަފާތުވުންތަކެއް ހުރިކަން އޮތޯރިޓީއަށް ވަނީ ފާހަގަވެފައެވެ. މިކަން ހައްލުކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ހިދުމަތައް އަމާޒުކޮށްގެން ގެވެށި އަނިޔާގެ މައްސަލަތަށް ކޯޑުކުރުމާ ގުޅޭ ތަމްރީން ސެޝަންއެއް 2024 ޖުލައި 15 ވަނަ ދުވަހު އޮތޯރިޓީއިންވަނީ ކުރިއަށް ގެންގޮސްފައެވެ. މިތަމްރީން ސެޝަންގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި، ޤާނޫނާ އެއްގޮތަށް ގެވެށި އަނިޔާގެ މައްސަލަތައް ކޯޑުކުރާނެ ގޮތްތަކުގެ އިތުރުން ވެލިއު ކްލެރިފިކޭޝަންއަށް ވަނީ އަލިއަޅުވާލެވިފައެވެ.