ގެވެށި އަނިޔާ ހުއްޓުވުމާއި އަނިޔާގެ މައްސަލަތަކަށް އިޖާބަދިނުމުގެ ޤާބިލުކަން
އިތުރުކުރުމަށް މަދަނީ ޖަމިއްޔާތަކަށް އަމާޒުކުރެވިގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން
ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ. ޖުލައި މަހުގެ 6ން 9އަށް ކުރިއަށް ގެންދެވުނު މި ތަމްރީން
ޕްރޮގްރާމްގައި 11 ޖަމިއްޔާއެއް ހިމެނޭހެން ޖުމްލަ 31 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މީގެ ތެރޭގައި މަމްސް އެއިޑް، ސޮސައިޓި ފޯ ހެލްތް އެޑިޔުކޭޝަން، ވިމެން އިން
ފުވައްމުލައް، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސް، ރައިޒް
އަޕް، ސަދަރން ކޮމިއުނިޓީ އެމްޕަވަރމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވިމެންސް
އެންހޭންސްމަންޓް ލ.ފޮނަދޫ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، މޯލްޑިވްސް ގަރލް
ގައިޑް އެސޯސިއޭޝަން، މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަން، މެންޓަލް ހެލްތް ސަޕޯޓް
ގްރޫޕް ތަމްސީލުކުރައްވާ ބޭފުޅުންނާއި އޮތޯރިޓީގެ މުވައްޒަފުން ހިމެނެއެވެ.
4 ދުވަހަށް ކުރިއަށް
ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގެ މަގްސަދަކީ ގެވެށި އަނިޔާގެ މައްސަލަތަކުގައި
މަސައްކަތްކުރާ ފަރާތްތަކަކީ ގެވެށި އަނިޔާއާ ގުޅޭގޮތުން ސެންސިޓައިޒްވެފައިވާ
ބައެއްކަމުގައިވުމާއި، މިންތިއާއި ގެވެށި އަނިޔާއާ ގުޅުންހުރި ދާއިރާތަކަށް
ބައިވެރިންގެ ވިސްނުމާއި ހޭލުންތެރިކަން އިތުރުކުރުމާއި، ވިކްޓިމް ސެންޓްރިކް
ނަޒަރިއްޔާތަކުން މަސައްކަތްކުރުމަށް އަހުލުވެރިކުރުވުމާއި، ގެވެށި އަނިޔާ
ހުއްޓުވުމާއި އިޖާބަދިނުމާގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ
ގާބިލުކަން އިތުރުކުރުމާއި ގެވެށި އަނިޔާ ހުއްޓުވުމުގެ މަސައްކަތްތަކުގައި މަދަނީ
ޖަމިއްޔާތަކުގެ ދައުރު ފުޅާކުރުމެވެ.