ހަބަރު

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކާ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ގަވާއިދަށް ކ. އަތޮޅުގެ ކައުންސިލްތައް އަހުލުވެރިކުރުވުމަށް ސެޝަންތައް ނަގައިދިނުން އައު

10 އޮކްޓޯބަރު 2024

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 52 ވަނަ މާއްދާގެ ދަށުން ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޢާރަފްކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މިއޮތޯރިޓީގެ މަސްއޫލިއްޔަތެކެވެ.
އެގޮތުން، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކާއި މަސްއޫލިއްޔަތު ހަވާލުކުރުމުގެ ގޮތުން 24 ޖުލައި 2023 ގައި އެކުލަވާލެވުނު ގަވާއިދަށް ކ. އަތޮޅުގެ ކައުންސިލުތައް އަހުލުވެރިކުރުމުގެ ގޮތުން ޖުލައި 2024 އިން ސެޕްޓެމްބަރ 2024 ގެ ނިޔަލަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން ވަނީ ސެޝަންތައް ނަގައިދީފައެވެ.
މިގޮތުން، ކ. އަތޮޅުގެ ތުލުސްދޫ، ގުޅި، ހުރާ، ގާފަރު، ކާށިދޫ، ހިންމަފުށި، ގުރައިދޫ، މާފުށި، ދިއްފުށި އަދި މާފުށީ ކައުންސިލު އިދާރާތަކަށް، ގެވެށި އަނިޔާ ހުއްޓުވުމުގެ މަސައްކަތުގެ ތެރެއިން ކައުންސިލުތަކުން އަދާކުރާނެ ދައުރާއި ކައުންސިލުތަކުގެ މަސްއޫލިއްޔަތުތަކާއި، އަނިޔާ ލިބިގެން އަންނަ ފަރާތްތަކަށް އެހީތެރިކަންފޯރުކޮށްދޭ އިރު ހިފަހައްޓަންޖެހޭ މިންގަނޑުތަކާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ނަގައިދެވިފައެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކުގެ މަސްއޫލިއްޔަތުތަކާއި ގުޅިގެން ސެޝަން ނަގައިދިނުމުގެ އިތުރުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން ވަނީ އެ ރަށްތަކުގެ މަދުރަސާތަކާއި ގުޅިގެން ބެލެނިވެރިންނަށް ހާއްސަކޮށް ޖިންސީ އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށްދިނުމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައްވެސް ހިންގާފައެވެ. މިގޮތުން، މި ސެޝަންތަކުގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް ބެލެނިވެރިން އަހުލުވެރިކުރުމުގެ އިތުރުން، ޖިންސީ އަނިޔާއިން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ދުރާލާ އެޅޭނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވިފައިވެއެވެ.
1.     މާފުށި ކައުންސިލު އިދާރާ
2.     މާފުށީ މަދަރުސާގެ ބެލެނިވެރިންނަށް ނަގައިދެވުނު ސެޟަންގެ ތެރެއިން
3.     ހިންމަފުށީ ކައުންސިލު އިދާރާއަށް ސެޝަން ނަގައިދިނުމުގެ ތެރެއިން
4.     ހިންމަފުށީ މަދަރުސާގެ ބެލެނިވެރިންނަށް ސެޝަން ނަގައިދިނުމުގެ ތެރެއިން
5.     ގުރައިދޫ މަދަރުސާގެ ބެލެނިވެރިންނަށް ސެޝަން ނަގައިދިނުމުގެ ތެރެއިން
6.     ގުރައިދޫ ކައުންސިލު އިދާރާއަށް ސެޝަން ނަގައިދިނުމުގެ ތެރެއިން
7. ހުރާ ސްކޫލްގެ ބެލެނިވެރިންނަށް ސެޝަން ނަގައިދިނުމުގެ ތެރެއިން
8.     ހުރާ ކައުންސިލު އިދާރާ
9.     ގުޅީ ކައުންސިލަށް ސެޝަން ނަގައިދިނުމުގެ ތެރެއިން
10.     ގުޅީ ސްކޫލުގެ ބެލެނިވެރިންނަށް ސެޝަން ނަގައިދިނުމުގެ ތެރެއިން
11.     ދިއްފުށީ ސްކޫލް ބެލެނިވެރިންނަށް ސެޝަން ނަގައިދިނުމުގެ ތެރެއިން
12.     ތުލުސްދޫ ކައުންސިލު އިދާރާއަށް ސެޝަން ނަގައިދިނުމުގެ ތެރެއިން
13. ތުލުސްދޫ ސްކޫލް ބެލެނިވެރިންނަށް ސެޝަން ނަގައިދިނުމުގެ ތެރެއިން
14.     ކާށިދޫ ސްކޫލް ބެލެނިވެރިންނަށް ސެޝަން ނަގައިދިނުމުގެ ތެރެއިން
15.     ގާފަރު ސްކޫލުގެ ބެލެނިވެރިންނަށް ސެޝަން ނަގައިދިނުމުގެ ތެރެއިން