ހަބަރު

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ފަރާތުން އިޖުތިމާއީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕްރޮސީޖަރ މެނުއަލް އަދި ސްޓޭންޑަރޑް އޮޕަރޭޓިންގް ޕްރޮސީޖަރ (އެސް.އޯ.ޕީ)ގެ ވެލިޑޭޝަން ވޯކްޝޮޕް ބޭއްވުން

13 އޯގަސްޓު 2024

ޤާނޫނު ނަމްބަރު 3/2012 (ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނު)ގެ ދަށުން މި އޮތޯރިޓީގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި 'ގެވެށި އަނިޔާގެ އަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތައާރަފުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުން' ހިމެނެއެވެ. 
އެގޮތުން، މިއޮތޯރިޓީއާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، ޔުނައިޓަޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް(ޔޫ.އެން.އެފް.ޕީ.އޭ) އާ ގުޅިގެން، ރާއްޖެއިން ބޭރުގެ ކޮންސަލްޓަންޓެއްކަމަށްވާ އޭމީ ނީމަންގެ ފަންނީ އެހީތެރިކަމާއިއެކު މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ފަރާތުން އިޖުތިމާއީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕްރޮސީޖަރ މެނުއަލް އަދި ސްޓޭންޑަރޑް އޮޕަރޭޓިންގް ޕްރޮސީޖަރ (އެސް.އޯ.ޕީ) ވަނީ މުރާޖައާކުރެވިފައެވެ. ވުމާއިއެކު، މި އެސް.އޯ.ޕީ ތަންފީޒުކުރުމުގެ މަރުހަލާއަށް ދިއުމުގެކުރިން، އެސް.އޯ.ޕީގެ ވެލިޑޭޝަން ވޯކްޝޮޕް ވަނީ 2024 ޖުލައި 31 ވަނަ ދުވަހު ބޭއްވިފައެވެ. މިވެލިޑޭޝަން ވޯކްޝޮޕްގައި މިއޮތޯރިޓީއާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ހެލްތް އާއި، ފެމިލީ ލީގަލް ކްލިނިކް އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބައިވެރިވެފައެވެ.