އުދުހިލަން"
ކެމްޕޭނުގެ ދަށުން ސްކޫލް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ
"އުދުހިލަން ސްކޫލް ސީރީޒް" ގެ ސެޝަންތަކެއް، އދ. އޮމަދޫ ސްކޫލުގެ
ޕީ.ޓީ.އޭ އާ ގުޅިގެން އޮގަސްޓް މަހުގެ 30 އަދި 31 ވަނަ ދުވަހު ވަނީ ކުރިއަށް
ގެންގޮސްފައެވެ.
ބެލެނިވެރިން ހޭލުންތެރިކުރުވުމަށް
ކުރިއަށްގެންދިޔަ ސެޝަންތަކުގެ ތެރެއިން، "ރައްކާތެރި
ބެލެނިވެރިއަކަށްވުން" ސެޝަނުގައި 47 ބެލެނިވެރިއަކު (43 އަންހެނުން، 4
ފިރިހެނުން) އަދި "އެދެވިގެންވާ އަދަބުވެރިކުރުން" ސެޝަނުގައި 16
ބެލެނިވެރިއަކު (15 އަންހެނުން، 1 ފިރިހެނަކު) ބައިވެރިވިއެވެ. މީގެއިތުރުން،
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއިން ރައްކާތެރިކުރުމާ ގުޅޭގޮތުން
ކުރިއަށްގެންދިޔަ "ދެނެގަންނަމާ 1" ސެޝަނުގައި 55 ބެލެނިވެރިއަކަށް ވަނީ
މަޢުލޫމާތު ދީފައެވެ.
މި ސެޝަންތަކުގެ ސަބަބުން ކުދިން ތަރުބިއްޔަތު
ކުރުމުގައި ޢަމަލީ ގޮތުން ބޭނުންކުރެވިދާނެ އުކުޅުތަކާއި، ކުދިންގެ ބޭނުންތައް
ދެނެގަނެ އޯގާތެރިކަމާއެކު އެކަންކަމަށް އިޖާބަދޭނެ ގޮތްތައް ވަނީ ހިއްސާކުރެވިފައެވެ.
އަދި ކުދިންގެ ޙަޔާތުގައި ބޮޑެތިމީހުންގެ ފަރާތުން ލިބެންޖެހޭ ރައްކާތެރިކަމުގެ
ދައުރު އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ.
މީގެއިތުރުން، އޮމަދޫ ސްކޫލުގެ ދަރިވަރުންނަށް
އަމާޒުކޮށްގެން ވެސް ޚާއްޞަ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން،
"ނެވިގޭޓިންގ ބިގް ފީލިންގްސް" ސެޝަނުގައި ޖުމްލަ 75 ދަރިވަރުން (48
އަންހެން އަދި 27 ފިރިހެން) ބައިވެރިވިއިރު، "ވެލިއުއިންގ ސެލްފް"
ސެޝަނުގައި 73 ދަރިވަރުން (42 އަންހެން އަދި 31 ފިރިހެން) ދަރިވަރުން ވަނީ
ބައިވެރިވެފައެވެ. މި ސެޝަންތަކުގެ މައިގަނޑު މަގުޞަދަކީ އަމިއްލަ
އިޙްސާސްތައް ދެނެގަނެ، އެ އިޙްސާސްތައް އެދެވިގެންވާ ގޮތުގައި މެނޭޖްކުރާނެ
ގޮތްތަކާއި، އަމިއްލަ ނަފްސު އަގުވަޒަންކުރުމުގެ މުހިންމުކަން ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ.
ހަމައެއާއެކު، ދަރިވަރުންގެ
ރައްކާތެރިކަމާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ މުހިންމު ހުނަރުތައް ވެސް މި
ސެޝަންތަކުގެ ޒަރީޢާއިން ވަނީ ފޯރުކޮށްދީފައެވެ.