ގެވެށި
އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް އުފާވެރި މާހައުލެއް
ޤާއިމްކުރުމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން
"އުދުހިލަން: އުފާވެރި ރައްކާތެރި މުޖުތަމަޢުއަކަށް" ގެ ނަމުގައި އިފްތިތާހްކުރެވުނު
ކެމްޕެއިން ދަށުން، ފުވައްމުލަކު ސިޓީގައި ވަނީ 2 ދުވަހުގެ ވަރކްޝޮޕެއް
ބާއްވާފައެވެ. "އުދުހިލަން: އުފާވެރި ރައްކާތެރި މުޖުތަމައުއެއް ބިނާކުރުން"
ގެ ނަމުގައި އޮކްޓޯބަރ 22ން 23އަށް ކުރިއަށް ގެންދެވުނު މި ވަރކްޝޮޕްގައި ފުވައްމުލަކު
ސިޓީ ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ، ފެމިލީ
އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ، ސްކޫލްތައް، ވިމެން އިން ފުވައްމުލައް އަދި
އިބަމަ އިން ޖުމްލަ 20 ބައިވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
            
     
                    
    
        
             
                    
     
                    
                
            މި
ވަރކްޝޮޕްގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު، ގެވެށި އަނިޔާގެ ސަބަބުން ކުޑަކުދިންނަށް
ކުރާ ނޭދެވޭ އަސަރު، ސައިބަރ ކްރައިމްއަށް ކުޑަކުދިން ހުށަހެޅޭ ގޮތް، އިސްލާމީ
ނަޒަރަކުން ބެލެނިވެރިކަން، ކުޑަކުދިން ޖިންސީ އަނިޔާއިން އަދި ނަފްސާނީ އަނިޔާ
ރައްކާތެރިކުރުމުގެ މައްޗަށް ސެޝަންތަކެއް ނަގައިދެވި، އުފާވެރި، ރައްކާތެރި
މުޖުތަމައުއެއް ބިނާކުރުމަށް އަމަލީގޮތުން މަސައްކަތް ކުރާނެ ގޮތުގެ ޕްލޭނެއް
ރޭވިގެން ދިއައެވެ.
            
     
                    
                    
                
            މި
ވަރކްޝޮޕްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސައިބަރ ކްރައިމް އިންވެސްޓިގޭޝަން
ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް އަދި މިނިސްޓްރީ އޮފް އިސްލާމިކް
އެފެއާޒް ގެ ފަރާތުން ދާޢީ، އައްޝައިޚް މުޙައްމަދު ސާމީ ވަނީ އެކްސްޓަރނަލް
ފެސިލިޓޭޓަރސް ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ.
            
     
                    
                
            2
އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ "އުދުހިލަން" ކެމްޕެއިންގެ
މަގްސަދަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ ގެވެށި އަނިޔާއާއި،
އަނިޔާ ވިޔަނުދިނުމަށް އެޅިދާނެ ފިޔަވަޅުތަކާއި، އަނިޔާ ހުއްޓުވުމުގައި
މުޖުތަމަޢުގެ ދައުރާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މީގެ
އިތުރުން މައިންބަފައިންނާއި ދަރިންނާއި ދެމެދު އޮންނަ ގުޅުމަކީ ލޯތްބާއި
އޯގާތެރިކަމުގެ މައްޗަށް ބިނާވެގެންވާ ގުޅުންތަކަކަށް ހެދުމަށް ބާރުއެޅުމަކީ ވެސް
މި ކެމްޕެއިންގެ އަމާޒެކެވެ.